ޚަބަރު

ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މިރާލް އައުކޮށްފި


އަންހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މިރާލް އައިން ލަތީފް އައުކޮށްފިއެވެ.

މިރާލް މި ރިކޯޑު އައުކޮށްފައިވަނީ ރޮމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި ފަސް މިނެޓު 57.86 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެފަހުންވެސް އައުކޮށްފައިވަނީ މިރާލްއެވެ. އެއީ މިދިޔަ އަހަރު ޔޫކޭގައި ބޭއްވި ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި ހަ މިނެޓު 9.10 ސިކުންތުން އިވެންޓު ނިންމައިގެންނެވެ.