ޚަބަރު

މާލޭގައި މީހަކަށް ހަމަލާދީ، ޒަޚަމްކޮށްލައިފި


  • މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 11:11 ހާއިރު

މާލޭގައި ދިވެހި ފިރިހެނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިރޭ 11:11ހާއިރު މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، ހަމަލާދީފައިވަނީ ސޯސަން މަގުގައި ހުރި ދިވެހި ފިރިހެނަކަށްކަމަށެވެ. އަދި އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ.