އެތުލީޓުން ކުރިއެރުވުމުގައި ސްޕޯޓްސް ނިއުޓްރިޝަން މުހިންމު ދައުރެއް އަދާކުރާ ކަމަށް
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގުޅިގެން ބޭއްވި ސްޕޯޓްސް ނިއުޓްރިޝަން އެންޑް ސްޕޯޓްސް ސައިކޮލޮޖީ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު ވަނީ ސްޕޯޓްސް ސައިކޮލޮޖީ އާއި ސަޕޯޓްސް ނިއުޓްރިޝަންގެ މައުލޫމާތު ލިބިގަތުމަކީވެސް ވަރަށް މުހިންމުކަމެއް ކަމަށް ވިދާޅުވެފައެވެ.
ހެންވޭރު ބޯޅަގޭގައި މިއަދު އޮތް މި ވޯކްޝޮޕް ފެށުމުގެގޮތުން ބޭއްވި ހަފްލާގައި ވަޒީރުވަނީ ސްޕޯޓްސް ސައިކޮލޮޖީއާއި ގުޅޭ އަސާސީ މައުލޫމާތު ފޯރުކޮށްދިނުމަށް މިފަދަ ވޯކްޝޮޕްތައް ބޭއްވުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން އެތުލީޓުން ކުރިއެރުވުމުގައި އަދި އަމިއްލަ ޕާފޯމަންސް ރަނގަޅު ކުރުމުގައި ސްޕޯޓްސް ނިއުޓްރިޝަން އަދާކުރާ މުހިންމު ދައުރާއި ގުޅޭގޮތުން ވަޒީރު ވާހަކަފުޅު ދެއްކެވިއެވެ.
މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވީ ދާއިރާގެ ދެ ތަޖުރިބާކާރުން ކަމަށްވާ މަލާހާ އަބްދުއްރަޝީދު އަދި އައިޝަތު ނަސޫހާއެވެ. މި ވޯކްޝޮޕްގައި ޖުމްލަ 38 ބައިވެރިން ބައިވެރިވިއެވެ.