އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު އަމްނާ ތަޒްކިޔާ މިރުސާދު މުގުރާލައިފިއެވެ.
ރޮމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ތަޒްކިޔާ މި ރިކޯޑު މުގުރާލީ 32.77 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ އައިޝަަތު އަލްޔާ ޝާއިގެވެ. އެއީ މިދިޔަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިން ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިން ސްޓޭޓް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް 34.18 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.