ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ލޫތު މުޙައްމަދު ހުސައިން އަނެއްކާވެސް އައުކޮށްފިއެވެ.
ލޫތު މި ރެކޯޑު އައުކޮށްފައިވަނީ ރޮމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި 31.81 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެފަހުން އައުކޮށްފައިވަނީވެސް ލޫތެވެ. އެއީ މީގެ 3 ދުވަސް ކުރިން ހަމަ މި މުބާރާތުގައި ފެތި 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 32.67 ސިކުންތުން ފުރިހަމަކޮށްގެންނެވެ.