ޤައުމީ ދުވަހާއި ގުޅިގެން ޤައުމީ ދިފާޢީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު މާލޭގައި އޮންނާނެއެވެެ. މި ހިނގާލުން ފަށާނީ މިއަދު ހަވީރު 4:30 ގައި ބަންޑާރަކޮށިންނެވެ.
ޤައުމީ ދުވަހާ ގުޅިގެން ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުމުގައި މާލޭގެ 4 ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވެއެވެ. މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.
• ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި
• މަޖީދީމަގު / ޗާންދަނީމަގު ހަތަރު އަނގޮޅި
• މަޖީދީމަގު / މިލިޔަން ބުކްޝޮޕް ކުރިމަތި
• ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި
ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. ގައުމީ ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާ ޒިކުރާ އާކުރުމަށެވެ.