ޚަބަރު

ފެލިދޫ ސްޕޯޓް ކޮމްޕްލެކްސް ގާއިމުކުރުމަށް އެމްޓީސީސީއަށް


  • އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއި ބޯޑު ގޭމުތައް ކުޅެވޭގޮތަށް ހަމަޖެހިގެންދާނެ

  • އެކި ކޯސްތަކާއި ވޯކްޝޯޕްތައް ހިންގޭނެ ކުލާސް ރޫމާއި މީޓިން ރޫމެއްވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި

ވ. ފެލިދޫގައި ސްޕޯޓް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއަށް ފެލިދި އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިދޫގައި ސްޕޯޓްސް ކޮމްޕްލެސް ގާއިމުކުރުމަށް އެމްޓީސީއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުޅީވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބުދުﷲ ރާފިޢުއާއި އެމްޓީސީސީގެ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.

ފެލިދޫ ގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޮޑެތި ޖާގަތައް ބޭނުންވާ އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއި ބޯޑު ގޭމުތަކާއި އެކި ކަހަލަ ކުޅީވަރުތައް ކުޅެވޭގޮތަށް ހަމަޖެހިގެންދާނެއެވެ. އަދި މިތަނުގައި އެކި އެކި ކޯސްތަކާއި ވޯކްޝޯޕްތައް ހިންގޭނެ ކުލާސް ރޫމާއި މީޓިން ރޫމެއްވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އަތޮޅުތަކުގެ ރަށެއްގައި ގާއިމުކުރާ އެންމެ ފެންވަރު ރަނގަޅު އެއް ސްޕޯޓްސް ކޮމްޕްލެކްސްއަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.