ހުޅުމާލޭގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފުރަތަމަ ފިޔވަހީގެ ފިތުރޯނު މަގުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި، ފަހަތުން އައި ކާރެއް ޖެހި އެކްސިޑެންޓެއް ވެފައިވާ މައްސަލަ ހޮނިހިރު ދުވަހުގެ ރޭ 22:48 ހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި އެ މީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށާއި، އެކްސިޑެންޓްގައި ހިމެނޭ ދެ އުޅަނދަށްވެސް އެކި ވަރުގެ ގެއްލުން ވެފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.