ރަޝިޔާގެ ބެލްގޮރޮޑް ސަރަޙައްދަށް ޔޫކްރެއިނުން ދިން މިސައިލް ޙަމަލާއެއްގައި ތިން މީހުން މަރުވެ އެކަކަށް ޒަޚަމްވެއްޖެއެވެ.
އެ ސަރަޙައްދުގެ ގަވަރުނަރު، ވިޗެސްލަވް ލެޑްކޮވް ވިދާޅުވީ ޔޫކްރެއިނުން އެ ޙަމަލާ ދީފައި ވަނީ ރަޝިޔާއާއި ޔޫކްރެއިނާ ޙިއްޞާ ކުރާ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ މަސްލޯވާ ޕްރިސްޓަންއަށް ކަމަށެވެ. އެ ޙަމަލާގައި ކުޅިވަރު މަރުކަޒަކަށް ގެއްލުން ލިބި، އެ އިމާރާތުގެ އެއް ބައި ވަނީ ސުންނާފަތިވެފައެވެ. އޭނާ ވިދާޅުވީ އެ އިމާރާތުގެ ދަށުގައި އަދިވެސް މީހުން ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށެވެ.
ލެޑްކޮވް އިތުރަށް ވިދާޅުވީ ޙަމަލާގައި ގެއްލުން ލިބިފައިވާ ސަރަޙައްދުން މީހުން ސަލާމަތް ކުރުމާއި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
2022ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ދެ ޤައުމުގެ ވެސް ބޯޑަރު ސަރަޙައްދަށް ޙަަމަލާތައް ދަނީ އަމާޒުވަމުންނެވެ.