ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14700އަށްވުރެ ގިނަ މީހުން


  • ދަފްތަރުގައި 6193 އަންހެނުންނާއި 8597 ފިރިހެނުން ހިމެނޭ

  • ޖުމްލަ 14790 މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ސެޕްޓެމްބަރުމަހުގެ ނިޔަލަށް 14700އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 6193 އަންހެނުންނާއި، 8597 ފިރިހެނުން ހިމެނޭކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 14790 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އޭގެތެރޭގައި ހިމެނެނީ 6193 އަންހެނުންނާއި، 8597 ފިރިހެނުންނެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ ޖުމްލަ 4950 ކުދިން ވަނީ ރަޖިސްޓްރީވެފައެވެ. އޭގެތެރޭގައި ހިމެނެނީ 1490 އަންހެން ކުދިންނާއި، 3469 ފިރިހެން ކުދިންނެވެ.

މި މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި، 18 އަހަރާއި، 64 އަހަރާ ދެމެދުގެ ޖުމްލަ 7526 މީހުން ރަޖިސްޓްރީވެފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ހިމެނެނީ، 3648 އަންހެނުންނާއި، 3878 ފިރިހެނުންނެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް 65 އަހަރުން މަތީގެ ޖުމްލް 6193 އަންހެނުންނާއި، 8597 ފިރިހެނުން ރަޖިސްޓްރީވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއާއެކު، މި މުއްދަތުގައި 65 އަހަރުން މަތީގެ 2305 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.