މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ގދ.ތިނަދޫ ރިހިވެލި، ރީޝަމް މުޙައްމަދު ޝަރީފް ޢައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ ރީޝަމް ޢައްޔަންކުރައްވާފައިވަނީ، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އެމަޤާމަށްކަމަށެވެ.
މިފްކޯގެ ހިންގުން ހަރުދަނާކޮށް މަސްވެރިންގެ އަޑު މިފްކޯގެ ބޯޑުގައި އިއްވާނެ ފަރާތެއް ހިމެނުމަކީ މި ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނުއްވި މުހިއްމު ވަޢުދެކެވެ. މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް ޢައްޔަންކުރުމަށްޓަކައި ބޯޑު މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީވެ، މިފްކޯގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އަލްފާޟިލް ރީޝަމް މުޙައްމަދު ޝަރީފް ވަނީ އައްޔަނުކޮށްފައެވެ. pic.twitter.com/lo3IeAQMsK
— Privatization & Corporatization Board (@pcb_gov) October 9, 2025
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި ޢައްޔަންކުރައްވާފައިވަނީ ގދ. ތިނަދޫ ރިހިވެލި، ރީޝަމް މުޙައްމަދު ޝަރީފެވެ. އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ދިޔަ މިފްކޯ، %100 ސަރުކާރުން ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ. އަދި މިފްކޯގެ ހިންގުމުގެ ނިޒާމަށް ބަދަލުގެނެސް ދިވެހި މަސްވެރިންގެ ފުރިހަމަ ބައިވެރިވުމާއެކު މިހާރަށްވުރެ ހަރުދަނާކޮށް މިނިވަން މުސްތަޤިއްލު ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމެކެވެ.