ޚަބަރު

ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގެ އެއްވަނަ ސީއެޗްއެސްއީ އާއި ޣިޔާސުއްދީން ސްކޫލަށް


  • މި މުބާރާތުގައި ހަ ކެޓެގަރީއަކުން 365 ފެތުންތެރިން ވާދަކުރި

  • މުބާރާތް ކުރިއަށްދިޔައީ ހުޅުމާލެ މިނި ސްވިމިން ޕޫލުގައި

ގިނަ އަދަދެއްގެ ބައިވެރިންނާއެކު ނިންމާލި 21 ވަނަ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް 2025 ގެ ސީނިއަރ ގުރޫޕުގެ އެއްވަނަ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ ހުޅުމާލެ) އަދި ޖޫނިއަރ ގްރޫޕުގެ އެއްވަނަ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.

މި މުބާރާތުގެ ސީނިއަރ ގުރޫޕުން ފިރިހެން ކެޓެގަރީގެ އެއްވަނަ ސީއެޗްއެސްއީ ހުޅުމާލެ ސްކޫލުން ހޯދިއިރު، ދެވަނަ ހޯދީ ކަލާފާނު ސްކޫލުންނެވެ. ތިންވަނަ ހޯދީ ސީއެޗްއެސްއީ މާލެ ސުކޫލުންނެވެ. ޖޫނިއަރ ގުރޫޕުން އެއްވަނަ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ހޯދިއިރު، ދެވަނަ ހޯދީ އިސްކަންދަރު ސްކޫލުންނެވެ. ތިންވަނަ ހޯދީ ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލުންނެވެ.

ސީނިއަރ އޭ ކެޓެގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުންނެވެ. ދެވަނަ ހޯދީ އިސްކަންދަރު ސްކޫލުންނެވެ. އަދި ތިންވަނަ ހޯދީ ސީއެޗްއެސްއީ މާލެ ސްކޫލުންނެވެ. ސީނިއަރ އޭ ކެޓެގަރީގެ ފިރިހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ހޯދީ ސީއެޗްއެސްއީ ހުޅުމާލެ ސްކޫލުންނެވެ. ދެވަނަ ކަލާފާނުން ގެންދިޔައިރު، ތިންވަނަ ހޯދީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުންނެވެ.

ޖޫނިއަރ އޭ ކެޓެގަރީގެ ފިރިހެން ފެތުންތެރިންގެ ބައިން އެއްވަނަ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ހޯދިއިރު، ދެވަނަ ހޯދީ މަޖީދިއްޔާ ސްކޫލުންނެވެ. ތިންވަނަ ހޯދީ ރެހެންދި ސްކޫލުންނެވެ. ޖޫނިއަރ އޭ ކެޓެގަރީން އަންހެން ފެތުންތެރިންގެ ބައިން އެއްވަނަ ޣިޔާސުއްދީން ސުކޫލުން ހޯދިއިރު، ދެވަނަ ހޯދީ އިސްކަންދަރު ސްކޫލުންނެވެ. ތިންވަނަ ހޯދީ ޖަމާލުއްދީން ސްކޫލުންނެވެ.

ޖޫނިއަރ ބީ ކެޓެގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލުންނެވެ. ދެވަނަ ޣީޔާސުއްދީން ސްކޫލުން ހޯދިއިރު، ތިންވަނަ ހޯދީ ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލުންނެވެ. ޖޫނިއަރ ބީ ކެޓެގަރީންގެ އަންހެން ބައިން އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލުންނެވެ. ދެވަނަ ހޯދީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުންނެވެ. ތިންވަނަ ހޯދީ ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލުންނެވެ.

ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ކުރިއަށްގެންދިޔައީ މި މަހުގެ 11-16 ގެ ނިޔަލަށް ހުޅުމާލެ މިނި ސްޕޯޓްސް ކޮމްޕްލެކްސްގައެވެ. މި މުބާރާތުގައި 18 ސްކޫލަކުން ޖުމްލަ 365 ފެތުންތެރިން ވާދަކުރިއެވެ. އެއީ 142 އަންހެން ފެތުންތެރިންނާއި، 223 ފިރިހެން ފެތުންތެރިންނެވެ.

މި މުބާރާތުގައި ހަ ކެޓެގަރީއަކުން އިވެންޓުތައް ކުރިއަށްދިޔައެވެ. އެއީ ޖޫނިއަރ އޭ، ޖޫނިއަރ ބީ، ސީނިއަރ އޭ، އަދި ސީނިއަރ ބީގެ އިތުރުން އެލީޓް އެތުލީޓްސް ވިތު ޑިސެބިލިޓީސް ކެޓެގަރީގެ އޭ އަދި ބީގެ އިވެންޓުތަކެވެ.

ބީއެމްއެލް 21 ވަނަ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތުގައި ވާދަކުރީ ސްކޫލްތަކަކީ އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ކަލާފާނު ސްކޫލް، ޣިޔާސުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، ޞަލާހުއްދީން ސްކޫލް، ޣާޒީ ސްކޫލް، މަޖީދިއްޔާ ސްކޫލް، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ހުރަވީ ސްކޫލް، ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް، ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް، ސީއެޗްއެސްއީ މާލެ، ދަރުމަވަންތަ ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި ސީއެޗްއެސްއީ ހުޅުމާލެއެވެ.