ޚަބަރު

އައްޑޫ އެއަރޕޯޓު ބޯޑަށް ޣާޒިޔާ، އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ


  • ފާތިމަތު ޣާޒިޔާ ފަތުޙީ މަސައްކަތްކުރައްވަމުން ގެންދަވަނީ މާލީ ވުޒާރާގައި

  • މުޖްތަބާ ލަތީފް މިވަގުތު ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުގައި

އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް ފާތިމަތު ޣާޒިޔާ ފަތުޙީ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑަށް މުޖްތަބާ ލަތީފް އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ސ. ފޭދޫ، އާބާދީގޭ ފާތިމަތު ޣާޒިޔާ ފަތުޙީ އައްޔަނުކޮށްފައިވާ ކަމަށެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ގއ. ދާންދޫ، މުޝްތަރީގޭ މުޖްތަބާ ލަތީފް އައްޔަނުކޮށްފައިވާ ކަމަށެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބޯޑަށް އައްޔަންކުރެއްވި ފާތިމަތު ޣާޒިޔާ ފަތުޙީ މަސައްކަތްކުރައްވަމުން ގެންދަވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގައެވެ. އަދި އެމްއޭސީއެލް ބޯޑުގެ އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް އައްޔަންކުރެއްވި މުޖްތަބާ ލަތީފް މިވަގުތު ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުގައެވެ.