ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އިޒްޔާން ނާޒިމް އައު ކޮށްފިއެވެ. 
އިޒްޔާން މި ރެކޯޑު އައު ކޮށްފައިވަނީ ތައިލޭންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025 ގައި ވާދަކޮށް، 02:31.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އައު ކޮށްފައިވަނީވެސް އިޒްޔާނެވެ. 
އެއީ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައި 02:37.35 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. 
ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ އިތުބާރު ފެތުންތެރިޔާ އިޒްޔާނަކީ ބަޙްރެއިންގައި މިހާރު ކުރިޔަށްދާ 3 ވަނަ އޭޝިއަން ޔޫތް ގޭމްސްގެ ސްވިމިން އިވެންޓުގައި ރާއްޖެ ތަމްސީލުކުރުމަށް ތައްޔާރުވާ ފެތުންތެރިއެކެވެ.