ކުޅިވަރު

ނެޓްބޯޅަ އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗް ސިފައިންނަށް


ނެޓްބޯޅަ އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗް ދިވެހި ސިފައިންގެ ކުލަބް ކާމިޔާބުކޮށްފިއެވެ. 

މިމެޗް ދިވެހި ސިފައިންގެ ކުލަބް ކާމިޔާބުކޮށްފައިވަނީ މަހިބަދޫ ސްޕޯޓްސް ކުލަބާ ވާދަކޮށް 46 ޕޮއިންޓް 42 ޕޮއިންޓްއިން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބްގެ ރާޝިދާ މުސާއެވެ. މިމުބާރާތުގައި ރޭ ކުޅުނު 2ވަނަ މެޗް ކާމިޔާބުކޮށްފައިވަނީ ސްޕޯޓްސް ކުލަބް ރިވަލްސާއެވެ. މިމެޗް ރިވަލްސާ ކާމިޔާބުކޮށްފައިވަނީ މުއިވެޔޮ ފްރެންޑްއާ ވާދަކޮށް 46 ޕޮއިންޓް 15 ޕޮއިންޓްއިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕޯޓްސް ކުލަބް ރިވަލްސާގެ އާމިނަތު ރަބާބްއެވެ. މިމުބާރާތް ކުރިއަށްދާނީ 2 ގުރޫޕަކަށް ބާހާލައިގެން، ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ބައްދަލުކޮށް، ކޮންމެ ގުރޫޕްއަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2ޓީމް ސެމީ ފައިނަލަށް ދާ ގޮތަށެވެ.

މިމުބާރާތުގެ ސެމީ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27ގަ އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވައުއެވެ.