ކުޅިވަރު

ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ މުއިވެޔޮ އެޓީމްގެ 2ވަނަ މެޗުން މޮޅެއް


ނެޓްބޯޅަ އެސޯސިއޭޝަން ޗެންޕިއަންޝިޕްގައި އެއް ޕޮއިންޓްގެ ތަފާތުން މުއިވެޔޮ ފެރެންޑްސް އެޓީމް ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފިއެވެ. ސްޕޯޓްސް ކުލަބް ރިވަލްސާއާ ވާދަކޮށް ފުރަތަމަ މެޗުން ބަލިވެފައިވާ މުއިވެޔޮ ފެރެންޑްސް ރޭ އެޓީމް ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ ވީކޭ ސްޕޯޓްސް ކުލަބްއާ ވާދަކޮށް 33 ޕޮއިންޓް 32 ޕޮއިންޓްއިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުއިވެޔޮ ފްރެންޑްސްގެ އިއްފަތު ޔޫނުސްއެވެ. މިމުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކުލަބެވެ. މުބާރާތުގައިވެސް ޓީސީގެ ފުރަތަމަ މެޗް ޓީސީ ކާމިޔާބުކޮށްފައިވަނީ ލޮރެންޒޯ ސްޕޯޓްސް ކުލަބްއާ ވާދަކޮށް 58 ޕޮއިންޓް 21 ޕޮއިންޓްއިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީ ސްޕޯޓްސް ކުލަބްގެ ލަޔާން އަލީ ރަޝީދުއެވެ. 

img:http://s3.psmnews.mv/images/660x400/14720124702294.jpg|ނެޓްބޯޅަ އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ތެރެއިން (ފޮޓޯ:ޕީއެސްއެމް-ވަހީދު)

މިމުބާރަތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކުލަބްއާ ލޮރެންޒޯ ސްޕޯޓްސް ކުލަބް އަދި މިރޭގެ ދެވަނަ މެޗްގައި ވާދަކުރާނީ ސްޕޯޓްސް ކުލަބް ރިވަލްސާއާ ވީކޭ ސްޕޯޓްސް ކުލަބެވެ. މިމުބާރަތުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައެވެ.