ޚަބަރު

ހިޔާ ޓަވަރުން މީހަކު ވެއްޓިއްޖެ


  • ވެއްޓިފައިވަނީ ފިރިހެނެއް

  • މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި

ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ޓަވަރު 8 އަކުން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެންދުނު 8:32 ހާއިރު ހިޔާ ޓަވަރ 8 އިން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އެއީ ފިރިހެނެއްކަމަށާއި އެނާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްޞީލެއް ހިއްސާކުރައްވާފައެއްނުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުޤީގު ކުރަމުންދާކަމަށެވެ.