ޚަބަރު

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފި؛ 6 މީހަކު ހޮސްޕިޓަލުގައި


  • އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން

އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހަދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. ފަރުވާދެމުން ދަނީ 4 ދިވެހިންނާއި 2 ބިދޭސީއަކަށެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 3:44 ގައިކަމަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާގެ ވަނީ ނަގާފައިކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ފުލުހުން ވިދާޅުވީ ހާދިސާގައި ހިނގައިގެން އުޅޭ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ