ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް، ކުޅުދުއްފުށި ސިޓީގައި ހަނދާނީ ބިނާއެއް ހުޅުވައިފިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ހުސައިން އާދަމްއަކީ އެންމެ ފުރަތަމަ ދުޝްމަނުންނާއި ދެކޮޅަށް ތެދުވި ސިފައިންގެ ތެރޭގައި ހިމެނޭ ހިތްވަރުގަދަ ޒުވާނެކެވެ.
ކުޅުދުއްފުށީގައި ހުޅުވި ބިނާއަކީ 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދު ޙުސައިން އާދަމްވީ ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރުމުގެ ގޮތުން ބިނާކުރި ތަނެކެވެ.
މި ބިނާ ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފާއި، ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމާއި އެ އާއިލާގެ 2 ކުދިން ކަމަށްވާ އައިޝަތު ޔުމްނާ އަޙުމަދާއި ފާތިމަތު ނީމް އަބްދުއްރަޝީދެވެ.
މި ބިނާ ބަހައްޓާފައިވަނީ ވަނީ ޝަހީދު ހުސައިން އާދަމް ކުޅުދުއްފުށިން އެންމެ ފަހުން ފުރާވަޑައިގެންނެވި އެރަށުގެ ކުރީގެ ބަނދަރު ސަރަހައްދުގައެވެ.
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކޮށްފައިވަނީ ޝަހީދު ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެއްގެ ގޮތަށެވެ.