ޚަބަރު

ސ. ފޭދޫގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި


  • މިއީ، 500 މީހުންގެ ޖާގައިގެ މިސްކިތެއް

  • މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، ފެނަކަ ކޯޕަރޭޝަނާ

ސ.ފޭދޫގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

މިމިސްކިތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑު ސިޓީ ފޭދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޭދޫގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ވަނީ، ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

ފޭދޫގައި ޤާއިމްކުރާ މިސްކިތުގެ މަޝްރޫޢަކީ، ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

ފޭދޫގައި ޤާއިމްކުރާ މިސްކިތަކީ، 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.