ބިލީޖީން ކިންގް ކަޕް 2025ގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓެނިސް ޓީމުން 3-0 ސެޓުން ބަހްރެއިންގެ މައްޗަށް ކުރި ހޯދައިފިއެވެ.
ނޮވެންބަރު 10-15އަށް ވިއެޓްނާމުގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ އޭޝިއާ/އޯޝޭނިއާ ގުރޫޕް 3 ގައެވެ.
ރާއްޖެއިން ބަހްރެއިން އާއި ދެކޮޅަށް ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ ސިންގަލްސްގައި ބައްދަލުކުރީ ނަބާ ނިޝާނާއި ބަހްރެއިންގެ ސަލްމާ ފަރަގަاللهއެވެ. މި މެޗު ނަބާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-0، 6-0 އިންނެވެ.
ސިންގަލްސްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އާރާ އާސަލް އާޒިމާއި ބަހްރެއިންގެ ހާޖަރު ޒައިދާނެވެ. މި މެޗު ފަސޭހަކަމާއެކު އާރާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް އާރާ ގެންދިޔައީ 6-0، 6-0 ންނެވެ.
ޑަބަލްސްގައި ރާއްޖޭގެ ނަޔާރާ އުސާމާ ޢަލީ އާއި ޢާއިޝަތު ކަރިން ސައިޒާންގެ ޕެއަރ ނިކުތީ ބަހްރެއިންގެ ހަނީން އަލްނައްޖާރާއި އީމާން އަލްޒައިމޫރްގެ ޕެއާއި ދެކޮޅަށެވެ. މި މެޗު ނަޔާރާ އާއި ކަރިންގެ ޕެއަރއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ރާއްޖޭގެ ޕެއަރއިން ސެޓްތައް ގެންދިޔައީ
6-0، 6-0 އިންނެވެ.