އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން މެކްސިކޯގައި މެޗުތައް ކުޅެން ވާންޖެހޭ ތައްޔާރީތައް ނިންމާލެވޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ރައީސް ކްލައުޑިއާ ޝެއިންބައުމް ވިދާޅުވީ އަންނަ އަހަރުގެ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މުބާރާތަށް މެކްސީކޯގެ އެންމެހާ ތައްޔާރީތައް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މެކްސިކޯގެ ތައްޔާރީތަކުގެ ތެރޭގައި ހިމެނެނީ މެކްސިކޯގެ ދެ އެއާޕޯޓެއްގެ ޓާމިނަލް ނިންމުމާއި އެއާޕޯޓަށް ޓްރޭން ދަތުރުކުރާ މަގުތައް ނިންމާލުންފަދަ މަސައްކަތްތަކެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ނިންމާފައިވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕުގެ 13 މެޗެއް މެކްސިކޯގައި ކުޅުމަށެވެ. މީގެ ތެރެއިން ގިނަ މެޗުތައް ކުޅޭނީ ވެރިރަށް އެ ގައުމުގެ ވެރިރަށުގަ އެވެ.
މެކްސިކޯގެ ރައީސް ވިދާޅުވީ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އެއާޕޯޓްތައް މަރާމާތު ކުރުމަށް ސަރުކާރުން 489 މިލިއަން ޑޮލަރު ހަދަރު ކުރަން ނިންމާފައިވާ ކަމަށެވެ.
"މިއީ އެންމެ މޮޅު ފުޓްބޯޅަ ފެނިގެން ނުގޮސްފާނެ ކަމެއް. އެކަމަކު މިއީ ދުނިޔެ އަށް މެކްސިކޯ ދައްކާލާއި އިސްތިހާރު ކޮށްލަން ލިބޭ ފުރުސަތެއް. މެކްސިކޯ އަކީ ހަމައެކަނި ސަގާފީ ގޮތުން މުއްސަނދި ގައުމެއް އެކަންޏެއްނޫން. މިއީ ވަރަށް ތާރީހީ ވެސް ގައުމެއް،" އެ ގައުމުގެ ފުރަތަމަ އަންހެން ރައީސް ވިދާޅުވި އެވެ.