މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތަކީ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއްކަަމަށެވެ. އަދި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ދުވާފަރުގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 12ގައެވެ.
1 ވަނަ: 15،000ރ
2ވަނަ: 10،000ރ
3ވަނަ: 7000ރ
45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލުން.https://t.co/i36yesx4hV pic.twitter.com/vkNwH8EZkn
— Ministry of Fisheries and Ocean Resources (@MFORmv) November 11, 2025
45 ވަނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 20ވާ ބުރާސްފަތި ދުވަހުގެ 14:00އާ ހަމައަށެވެ. މުބާރާތުގައި ބައިވެރިވެވޭނީ ކަމާގުޅޭ ފޯމް (https://tinyurl.com/4xe7p9jv މެދުވެރިކޮށެވެ.
ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.