މޯލްޑިވްސް-މޮރޮކޯ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމުގެ މަޝްވަރާތައް ބާއްވައިފިއެވެ.
މި މަޝްވަރާތައް ބޭއްވީ މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ހައުސް އޮފް ކައުންސިލަރސްގެ ރައީސް، އޮނަރަބަލް މުޙައްމަދު ވުލްދު އައްރަޝީދުގެ އަރިހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކުރެއްވި އިޚްތިރާމްގެ ޒިޔާރަތެއްގައެވެ.
މި ބައްދަލުވުން އޮތީ، އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް އައި.އެސް.ސީގެ ހަވާސާގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ހައުސް އޮފް ކައުންސިލަރސްގެ ރައީސް، އޮނަރަބަލް މުޙައްމަދު ވުލްދު އައްރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
— People's Majlis (@mvpeoplesmajlis) November 12, 2025
📄: https://t.co/wr46LH4gHf pic.twitter.com/bKPO6SpvCs
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި މޮރޮކޯއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހާއި މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން ވަރަށް އަވަހަށް މޯލްޑިވްސް-މޮރޮކޯ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމުގެ މަސައްކަތްކުރައްވާނެކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެެވެ. އަދި، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.