ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން އިން އިންތިޒާމުކޮށްގެން ބާއްވާ ސާފް ވުމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ހުޅުވާ މެޗުގައި ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރަން ޖެހިއްޖެއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ގައި ތައިލެންޑް ވެރިރަށް ބެންކޮކްގައެވެ. ސާފް ވުމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގެ މެޗުތަށް ކުޅުމަށްހަމަޖެހިފައިވަނީ 13-25 ޖެނުއަރީއާއި ހަމައަށް ނޮންތަބުރީ ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާ ގައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ބޫޓާން، ޕާކިސްތާން، ބަނގްލަދޭޝް، ނޭޕާލެވެ.
މި މުބާރާތް ހުޅުވާ މެޗުގައި ރާއްޖެއާއި އިންޑިއާ ނިކުންނާނި 13 ޖެނުއަރީގެ މެންދުރު 14:00 ގައެވެ. އެއަށްފަހު ރާއްޖެއަށް އޮންނާނީ 15 ޖެނުއަރީގައި ނޭޕާލް އާއި ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އަދި 21 ޖެނުއަރީގައި ބޫޓާން އާއި ދެކޮޅަށް މެޗެއް ކުޅެން ޖެހޭއިރު 25 ޖެނުއަރީގައި ނިކުންނާނީ ބަނގްލަދޭޝް އާއި ދެކޮޅަށެވެ. ސާފް ވުމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން މި މުބާރާތުގެ ޝެޑިއުލް އާންމުކޮށްފައިވަނީ އިއްޔެއެވެ. ރާއްޖޭގައި މޮޅަތި އަންހެން ފުޓްސަލް ކުޅުންތެރިން އުފެދެމުން އަންނަކަން އެންމެ ފަހުން ބޭއްވި ފުޓްސަލް މުބާރާތްތަކުން ފާހަގަ ކުރެވެއެވެ.