ޚަބަރު

އެންޑީއޭގެ ފަރުވާގައި ތިބޭ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ މައްސަލައެއް!


  • މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެންޑީއޭގައި މަސައްކަތްކުރަމުންދިޔަ މުޙައްމަދު ފަޞީޙް

  • މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރައްވަމުން

ނެޝަނަލް ޑްރަގް އެޖެންސީން ފަރުވާދޭ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 4 ވަނަ ދުވަހު އެ އިދާރާއިން ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގެ ތުހުމަތުގައި އެންޑީއޭގެ ޕިއަރ މެންޓަރގެ ވަޒީފާ އަދާކުރަމުން ދިޔަ ސ. ފޭދޫ، ފްލޮރިޑާ، 51 އަހަރުގެ މުޙައްމަދު ފަޞީޙް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރައްވަމުންނެވެ.