ޚަބަރު

ބްރިޖުގައި 2 ސައިކަލު ޖެހި އެކްސިޑެންޓެއް؛ އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔައީ ވަޒީރުގެ ކާރުކޮޅުގައި


  • އަނިޔާވެފައިވަނީ 2 ފިރިހެނުންނަށް

  • ދެ މީހުންނަށްވެސް އެކި އަނިޔާތައް ވަނީ ލިބިފައި

ބްރިޖް މަތީގައި ދުއްވާފައި ދިޔަ 2 ސައިކަލެއް ޖެހި ހިނގި އެކްސިޑެންޑެއްގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މާލެއިން ހުޅުމާލެއަށް ދުއްވާފައިދިޔަ 2 ސައިކަލު ބްރިޖް މަތީގައި އެކްސިޑެންޓް ވެފައިވާ ކަމުގެ މަޢުލުމާތު މިރޭ 6:35 އެހާކައްކާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން ތިބި 2 ފިރިހެނުންނަށެވެ.

މި އެކްސިޑެންޓުގައި އެކެއްގެ މޫނުމައްޗަށް އަނިޔާވެފައިވާކަމަށާއި 2 މީހުންގެވެސް ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް، އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެ ދެމީހުން ދުއްވި ސައިކަލަށްވެސް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

މި އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެމީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންގެ ކާރުކޮޅުގައެވެ.