ކްލަބު ވެލެންސިއާއަށް އުރުގުއޭގެ މިޑްފީލްޑަރަކާއި ފްރާންސްގެ ފޯވަޑެއް ގެނެސްފިއެވެ.
އުރުގުއޭގެ މިޑްފީލްޑަރު މަޓިއަސް މާޓިނޭޒް ވަނީ ދިރާގު ދިވެހި ލީގުގައި ބުރާސްފަތި ދުވަހު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެފައެވެ. އޭނާ އަކީ އިޓަލީގައި މި އަހަރު ކުޅުނު ކުޅުންތެރިއެކެވެ. އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ވަނީ އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވިދާޅުވީ ޓީމަށް ދެން ގުޅޭނީ ފްރާންސްގެ ފޯވަޑެއް ކަމަށެވެ. އޭނާ އަކީ 32 އަހަރުގެ ފޯވަޑް ސްޓެފަން ބްލަންކެވެ. މި ކުޅުންތެރިޔާ އެންމެ ފަހުން ކުޅުނީ މޮންގޯލިޔާ ލީގުގައެވެ. ކުޅުންތެރިޔާ މާލެ އަންނާނީ މިއަދު ކަމަށް ވެސް ކޯޗު ބުންޏެވެ.
ވެލެންސިއާއިން މި ސީޒަން ފެށީ ސްޕެއިންގެ ފޯވަޑް އަބޫބަކުރު ބޫސާ ސިއްލާ ގޮވައިގެންނެވެ. ނަމަވެސް ރާއްޖެ އައިއިރުވެސް އަނިޔާގައި ހުރި ކުޅުންތެރިޔާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ވެލެންސިއާއިން ދެން ފޮނުވާލީ އެ ޓީމަށް ކުޅުނު އުޒުބަކިސްތާން ޑިފެންޑަރު ޑަވްރަންބެކެވެ.
ލީގުގެ އަށް ވަނައިގައި އޮތް ވެލެންސިއާގައި ބިދޭސީ ހަތަރު ކުޅުންތެރިން އެބަތިއްބެވެ. އެއީ މޯލްޑޯވާ ކީޕަރަކާއި މިސުރުގެ ޑިފެންޑަރު މޫސާ ބަސެލްއެވެ.
ވެލެންސިއާ ލީގުގައި ދެން ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.