ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ރަޝިޔާއިން ހަނދުގައި ނިއުކްލިޔަރ މަރުކަޒެއް ޤާއިމްކުރާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ.
1961ވަނަ އަހަރު ކުރީގެ ސޯވިއެޓު ޔޫނިއަންއަށް ނިސްބަތްވާ ޔޫރީ ގަގާރިން ފުރަތަމަ ފަހަރަށް ހަނދަށް ދިޔުމާއެކު، ރަޝިޔާއަކީ ޖައްވީ ހޯދުންތަކުގެ ދާއިރާގައި ކުރިއަރާފައިވާ ޤައުމެއްް ކަމަށް އެ ޤައުމުން ދިޔައީ ޤަަބޫލުކުރަމުންނެވެ. ނަމަވެސް ފަހުގެ އަހަރުތަކުގައި އެމެރިކާއާއި ޗައިނާއިން ދަނީ ރަޝިޔާގެ މައްޗަށް އެ ދާއިރާއިން ކުރި ހޯދަމުންނެވެ. ވާދަވެރިކަން އިތުރުވެފައިވާއިރު ރަޝިޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ދާއިރާއިން އަނެއްކާ ވެސް ކުރި ހޯދާށެވެ.
ރަޝިޔާގެ ޖައްވީ ކަންތައްތަކާބެހޭ ޤައުމީ އިދާރާ، ރޮސްކޮސްމޯސްއިން ބުނީ 2036ވަނަ އަހަރުގެ ކުރިން އެ ޤައުމުން ހަނދުގައި ހަކަތަ އުފައްދާ މަރުކަޒެއް ޤާއިމްކުރާނެ ކަމަށެވެ. އެއީ ރަޝިޔާއިން ހަނދުގައި ހިނގުމަށް ރާވާފައިވާ މަޝްރޫޢުއާއި ޗައިނާއާ ގުޅިގެން ޤާއިމް ކުރާ ބައިނަލްއަޤްވާމީ ރިސަރޗް މަރުކަޒުގެ ބޭނުމަށް ހަކަތަ އުފައްދައިދޭނެ މަރުކަޒެއް ކަމަށް ރޮސްކޮސްމޯސްއިން ބުނެއެވެ.