އުންމީިދަކީ ކާވާ ކަޕް 2025ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ލިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ބޯޅަ ޓީމު ފައިނަލަށް ދިއުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު، ކާވާ ކަޕް 2025 ގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު، ކާވާ ކަޕް 2025 ގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ވަރަށް ބޮޑު ފަޚުރެއް.
— Dr Mohamed Muizzu (@MMuizzu) December 25, 2025
މިރޭ އޮންނަ ފައިނަލްމެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުންމީދު.… pic.twitter.com/pHkrMhXiOf
މިރޭ އޮންނަ ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުމަކީ، އުންމީދުކަން ފާހަގަކުރައްވާ ދިވެހި އެންމެހާ ރައްޔިތުން ޤައުމީ ޓީމާއެކު ތިބި ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މުބާރާތުގެ ފައިނަލްގައި ދިވެހިރާއްޖެ މިފަހަރުވެސް ބައްދަލުކުރަން ޖެހޭނީ، އެންމެފަހުގެ ފައިނަލްގައިވެސް ވާދަކުރި ކިރްގިސްތާނާއެވެ. މިއީ، ރާއްޖެއާއި ކިރްގިސްތާން މިމުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ ފަހަރެވެ.
ކާވާ ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މިއަދު ހަވީރު ކުޅޭނީ މި މުބާރާތުގެ ތިންވަނަ ހޮވާ މެޗެވެ. ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ އަފްގާނިސްތާނާއި ބަންގްލަދޭޝްއެވެ.