ކުޅިވަރު

މިނިސްޓަރ ޝައިނީއާ ސައީދު ކުލަބް އީގަލްސްއާއެކު ތަމްރީން ހަދައިފި


ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެންޖް ފުރިހަމަ ކުރައްވައިފިއެވެ.

 މިދެ ބޭފުޅުންވެސް ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެންޖް ފުރިހަމަކުރައްވާފައިވަނީ ކުލަބް އީގަލްސްއާއެކު މާފަންނު ޓާފް ދަނޑުގައެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަޙުމަދު މަރުޒޫޤު ފެށި މި ޗެލެންޖަކީ ރާއްޖޭގެ އެތުލީޓުންނާއެކު ރާއްޖޭގެ މަޝްހޫރު ފަރާތްތަކުން އެއްދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހެދުމަށް ހުޅުވާލި ފުރުޞަތެކެވެ. ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެންޖްގެ ދަށުން ކުލަބް އީގަލްސްގެ ކުޅުންތެރިންނާއެކުވަނީ ފަރިތަކުރުންތަށް ކުރިއަށް ގެންގޮސްފައެވެ. މިނިސްޓާރ މުހައްމަދު ޝައިނީވަނީ ކުލަބް އީގަލްސްގެ ގޯލް ކީޕާރ ޓްރެއިނާރ އަސްލަމްއާއެކު ފަރިތަކުރުންތަށް ކުރިއަށް ގެންގޮސްފައެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވަނީ ކުލަބް އީގަލްސްގެ ބައެއް ކުޅުންތެރިނާއެކު ފަރިތަކުރުންތަށް ކުރިއަށް ގެންގޮސްފައެވެ. މިފަރިތަކުރުންތަކަށްފަހު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެންޖްއަކީ ވަރަށް ފުރިހަމަ ޗެލެންޖްއެއްކަމަށާ މިފަދަ ފުރުސަތެއް ލިބިގެންދާނީ ވަރަށް މަދު ފަހަރެއްގައިކަމަށެވެ. އަދި މިފަދަ މާހައުލެއްގައި ކުޅުންތެރިންނާއެއްކޮށް ކުޅެލަން ލިބުމަކީވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށް ޝައިނީ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14730192711623.jpg|ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެންޖް ފުރިހަމަ ކުރުމަށް މިނިސްޓަރ ޝައިނީ ކުލަބް އީގަލްސްއާއެކު (ފޮޓޯ:ޕީއެސްއެމް-އަލީ ނަސީރު)

"އަޅުގަނޑާ މީގެ ކުރިން ދިމާނުވާ ކިތަންމެ ކުދިންނަކާ މިރޭ ދިމާވެއްޖެ. މިއީ ކުދިންގެ މޯޓިވޭޝަންއަށް ލިބިގެންދާނެ އަދި އެކުދިންގެ މޯޑިވޭޝަންއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުގެންދާނެކަމެއް ކަމަށް ގަބޫލް ކުރެވޭ. އަޅުގަނޑުމެން މިގޮތަށް އުޅޭއިރު ވަރަށް މަދުން މިގޮތަށް މީހުންނާ މިދިމާވަނީ، ނަމަވެސް މިކަހަލަ މާހައުލަކުން އެކުދިންނާ ދިމާވުމުން، ދެން އެއްވެސް ކަމެއްގަ ކުޅިވަރު ދާއިރާއިން ނުވަތަ އެހެން ކަމެއްގައިވެސް އަންނަން ޖެހިއްޖެނަމަ، ނުވަތަ ސަރުކާރުގެ އެހީއެއް ބޭނުންވެއްޖެނަމަ، ސަރުކާރުން ކަންތަށްތަށް ކޮށްދިނުމުގައި ހުޅުވިގެންދިޔަ މަގެއް މިއީ" ޝައިނީ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14730192845885.jpg|ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެންޖް ފުރިހަމަ ކުރުމަށް މިނިސްޓަރ ޝައިނީ ކުލަބް އީގަލްސްއާއެކު (ފޮޓޯ:ޕީއެސްއެމް-އަލީ ނަސީރު)

ފިިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އިތުރަށް ވިދާޅުވީ ގޯލް ކީޕަރަކީ މީގެ ކުރިންވެސް ކުޅުނު މަގާމްއެއްކަމަށާ އެހެންކަމުން ގޯލް ކީޕަރުންތަށް ކުރާ ބުރަ މަސައްކަތް އެނގޭކަމަށް، އަދި ފަރިތަކުރުމުގައި މާބޮޑު އުދަގޫތަކެއް ނުވާކަމަށްވެސް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވިއެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުޅިވަރުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ހިއްވަރު ދިނުމަކީ ރައީސް ޔާމީންގެ ސިޔާސަތެއްކަމަށާ ޒުވާނުން އެމްޕަވާ ކުރުމާ، ޒުވާނުންގެ ބައިވެރިވުން ވީހާވެސް ގިނަކަންތަށްތަކުގައި އޮތުމަކީ އަބަދުވެސް މިސަރުކާރުން ވަރަށް ބޮޑަށް ބަލާކަމެކެވެ. އަޅުގަނޑުމެން ސަރުކާރުގައި މަސައްކަތް ކުރާއިރު، މިފަދަ ކަންތަށްތަކުގައި ބައިވެރިވުމަކީ ވަރަށް ރަނގަޅުކަމެއްކަމަށްވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14730193049054.jpg|ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެންޖް ފުރިހަމަ ކުރުމަށް މިނިސްޓަރ ސައީދު ކުލަބް އީގަލްސްއާއެކު (ފޮޓޯ:ޕީއެސްއެމް-އަލީ ނަސީރު)

"މީގެއިން އަޅުގަނޑުމެންނަށް ކުރެވޭ އިހުސާސްއަކީ، މިސާލަކަށް އިގަލްސްއަކީ ފުރަތަމަ ޑިވިޝަންގެ ޓީމެއް، އަދި ލީގްގައިވެސް ވަރަށް ވާދަވެރި ޓީމެއް. މިޓީމްގެ ކުޅުންތެރިންނާ ކޯޗާ އަދި މެނޭޖްމަންޓްއާ މިމީހުންގެ ގުޅުމާ ޓީމްއެއްގެ ގޮތުގައި ޕްރެކްޓިސް ކުރާ ކުރުމުގައި ކޯޗް ބޭނުންވާ ކަންތަށްތަށް ޓީމަށް ގެންނަން މަސައްކަތް ކުރާތަން ފެނުމަކީ އަޅުގަނޑުމެންނަށްވެސް ލިބޭ ވަރަށް ބޮޑު ހިއްވަރެއް" މިނިސްޓާރ ސައީދު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14730193225374.jpg|ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެންޖް ފުރިހަމަ ކުރުމަށް މިނިސްޓަރ ސައީދު ކުލަބް އީގަލްސްއާއެކު (ފޮޓޯ:ޕީއެސްއެމް-އަލީ ނަސީރު)

ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެންޖްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ، ރައްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދާއިއެކު ފަރިތަކުރުންތަށް ކުރިއަށް ގެންދަވާފައިވެއެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަޙުމަދު މަރުޒޫޤު ފެށި މި ޗެލެންޖް،ސަރުކާރުގެ އެންމެ މަތީ އިސްވެރިންނާ މަޖްލިސް މެމްބަރުންނާއި، ކުންފުނިތަކުގެ އިސްވެރިންވެސް މިހާރު ފުރިހަމަ ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.