ކުޅިވަރު

ޝާޔަން ޓްރޭނިންގ ވިތް ޗެމްޕިއަން ޗެލެންޖް ފުރިހަމަ ކުރައްވައިފި


ޓީޓީ ކުޅުންތެރިޔާ ފާތުމަތު ޖުމާނާއާއެކު ޓްރޭނިންގ ސެޝަނެއް ފުރިހަމަ ކުރައްވާ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދު ޓްރޭނިންގ ވިތް ޗެމްޕިއަން ޗެލެންޖް ފުރިހަމަ ކުރައްވައިފިއެވެ.

ރޭ ޓޭބަލް ޓެނިސް އެސޯސިއޭޝަން ހޯލް ތެރޭގައި ދޮޅު ގަޑިއިރަށް ކުރިއަށްދިޔަ މި ޓްރޭނިންގ ސެޝަންގައި ޝާޔަން ވަނީ ޓޭބަލް ޓެނިސް ކުޅުމަށް ބޭނުންވާނެ އެންމެ ބޭސިކް އުކުޅުތައް ދަސްކުރައްވާފައެވެ. 

img:http://s4.psmnews.mv/images/660x400/14730624249859.jpg|ޝާޔަން ޖުމާނާއާއި އެކު ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެެންޖް ފުރިހަމަ ކުރައްވަނީ

ޤައުމީ ސްކޮޑުގައި ހިމެނޭ ޖުމާނާއާއެކު ޓްރޭނިންގ ހެއްދެވުމަށްފަހު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ މި ޓްރޭނިންއަކީ އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤު ފައްޓަވާފައިވާ ވަރަށް ރަނގަޅު ޙަރަކާތެއް ކަމަށާ މި ޓްރޭނިންގއަށްފަހު ޓޭބަލް ޓެނިހާބެހޭ ވަރަށް ގިނަ ކަންކަން ދަސްވެއްޖެ ކަމަށެވެ. އަދި މިއީ އޮފީހުގައި ބުރަކޮށް އުޅުމަށްފަހުވެސް ލިބޭ ހުސްވަގުތުގައި ކުޅެލަން ވަރަށް ރަނގަޅު ކުޅިވަރެއްގެ ގޮތުގައި ޝާޔަން ވަނީ ފާހަގަކުރައްވާފައެވެ.

img:http://s3.psmnews.mv/images/660x400/14730624629378.jpg|ޝާޔަން ޓްރެއިނިންގ ވިތް ޗެމްޕިއަންސް ޗެލެެންޖް ފުރިހަމަ ކުރައްވަނީ

ޓްރޭނިންގ ވިތް ޗެމްޕިއަން ޗެލެންޖަކީ ރާއްޖޭގައި ތިބި އެތްލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު ފެއްޓެވި ޙަރަކާތެކެވެ.