މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމާލަށް ސްޓްރޯކެއް ޖެހުނީ މާލޭގައި ސައިކަލު ދުއްވާފައި ދަނިކޮށެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ޢުމުރުން 62 އަހަރުގެ ނިމާލަކީ ރާއްޖެ ފިލްމީ އިންޑަސްޓްރީގައި އެންމެ ގިނަ ދުވަސްވީ އެއް ފަންނާނެވެ. އެގޮތުން 1984 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ފިލްމީ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންނެވެ.