ޚަބަރު

އެނބޫދޫ ފަރަށް އެރި ދޯނީގައި ތިބި އެންމެން ސަލާމަތްކޮށްފި


  • މި ހާދިސާ ހިނގީ މިއަދު ހެނދުނު 11:24 ހާއިރު

72 މީހުންނާއެކު ދަތުރުކުރި ފެރީއެއް އެނބޫދޫ ފަރަށް އަރައިގެން، ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:24 ހާއިރުކަމަށެވެ.

މާލެއިން، މާފުއްޓަށް ދަތުރުކުރި މި ފެރީ އެނބޫދޫ ފަރަށް އަރާފައިވަނީ އިންޖީނު ހުއްޓިގެނެވެ.

ފެރީގައި ދަތުރުކުރި އެންމެން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައިވާކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އުޅަނދުން ދަތުރުކޮށްފައިވަނީ 67 ފަތުރުވެރިންނާ، 3 ދިވެހިން އަދި 2 ބިދޭސީންނެވެ.

އުޅަނދު ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތުން އަންނަނީ ކުރަމުންނެވެ.