ޚަބަރު

ގްރީން އަށް މުހިންމޮޅެއް، އުންމީދު އާކޮށްފި


  • މި ދެޓީމު ލީގުގެ ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު ޔޫވީ ކާމިޔާބުކުރީ 3-1 ލަނޑުން

  • މިއީ މިފަހަރު ލީގުގައި ޔޫވީ ބަލިވި 13 ވަނަ މެޗު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ( ޔޫވީ) ބަލިކޮށް ކުލަބު ގްރީން ސްޓްރީޓްސް އިން ރެލީގޭޝަނުން ސަލާމަތްވުމުގެ އުންމީދު އާކޮށްފިއެވެ. ގްރީން މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.

މި ނަތީޖާއާއެކު މެޗަށް ނުކުތް އިރުވެސް ތާވަލުގެ 8 ވަނައިގަ އޮތް ގްރީން ވަނީ އަ މަގާމުގައި އޮވެ 11 ޕޮއިންޓު ހަމަކޮށްފައެވެ. އެންމެ ޕޮއިންޓެއްގެ ތަފާތުން ޓީސީ މިވަގުތު ތާވަލުގެ 7 ވަނައިގައި އޮތް އިރު ގްރީން އަށް ވުރެ ފަހަތުން ތާވަލުގެ 9 ވަނައިގަ ވެލެންސިއާ އޮތީ 8 ޕޮއިންޓާއެކުވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު ގްރީން އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި، އެޓޭކްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 4 ވަނަ މިނިޓުގެ ތެރޭގައި ގްރީންގެ މުޙައްމަދު ޝަހާއު ދިން ބޯޅައެއް ކެޕްޓަން މުޙައްމަދު ޖައިލަމް އޭރިއާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ގްރީން އިން ލަނޑު ޖެހީ މެޗުގެ 22 ވަނަ މިނިޓުގައި ޝަހާއު ދިން ބޯޅައެއްގައި އަންސަރު އިބްރާހިމް އޭރިއާ ތެރެއަށް ވަދެ އަރިމަތިން ގޯލުތެރެއަށް ވައްދައިލައިގެންނެވެ.

މެޗުގެ 24 ވަނަ މިނިޓުގައި ޔޫވީގެ ބިދޭސީ ފޯވާޑް މުޙައްމަދު ސާމިރު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރިއިރު 41 ވަނަ މިނިޓުގައި ޔޫވީގެ ބިދޭސީ ފޯވާޑް މުސްތަފާ މަހްމޫދު އެލްޝާޒްލީ ފޮނުވާލި ހިލޭ ޖެހުން ސަމީރު ބޮލުން ފޮނުވާލުމުން ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ވެސް އާދައިގެ ކުޅުމެއް ދެއްކިއިރު މި ހާފުގައި ދެޓީމަށް ވެސް މާ ގިނަ ނުރައްކާތެރި ފުރަސެތެއް ނުލިބެއެވެ. 49 ވަނަ މިނިޓުގައި ޝަހާއު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ޔޫވީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 77 ވަނަ މިނިޓުގައި ޔޫވީގެ މުސްތަފާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގްރީންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ދެޓީމު ލީގުގެ ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު ޔޫވީ ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މިއީ މިފަހަރު ލީގުގައި ޔޫވީ ބަލިވި 13 ވަނަ މެޗެވެ.

މެޗުގެ 24 ވަނަ މިނިޓުގައި ޔޫވީގެ ބިދޭސީ ފޯވާޑް މުހައްމަދު ސާމިރު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރިއިރު 41 ވަނަ މިނިޓުގައި ޔޫވީގެ ބިދޭސީ ފޯވާޑް މުސްތަފާ މަހްމޫދު އެލްޝާޒްލީ ފޮނުވާލި ހިލޭ ޖެހުން ސަމީރު ބޮލުން ފޮނުވާލުމުން ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ދެޓީމުން ވެސް އާދައިގެ ކުޅުމެއް ދެއްކިއިރު މި ހާފުގައި ދެޓީމަށް ވެސް މާ ގިނަ ނުރައްކާތެރި ފުރަސެތެއް ނުލިބެއެވެ. 49 ވަނަ މިނިޓުގައި ޝަހާއު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ޔޫވީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 77 ވަނަ މިނިޓުގައި ޔޫވީގެ މުސްތަފާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގްރީންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ދެޓީމު ލީގުގެ ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު ޔޫވީ ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މިއީ މިފަހަރު ލީގުގައި ޔޫވީ ބަލިވި 13 ވަނަ މެޗެވެ.