އިނގިރޭސި ކުލަބު ލެސްޓާ ސިޓީ އަތުން ހަ ޕޮއިންޓް އުނިކޮށްފި އެވެ.
އެ ކުލަބަށް މާލީ ގޮތުން މި އަދަބު ދިނީ އިނގިރޭސި ޕްރެމިއާ ލީގުގެ ފައިސާގެ މުއާމަލާތްތައް ކުރަންޖެހޭ ގަވާއިދާ ހިލާފުވުމުގެ ސަބަބުންނެވެ.
މި އަދަބާއެކު ލެސްޓާ މިވަގުތު ވަނީ އިނގިރޭސި ދެ ވަނަ ޑިވިޝަން ނުވަތަ ޗެމްޕިއަންޝިޕުގެ 17 ވަނަ އަށް ވެއްޓިފަ އެވެ. މިއީ ރެލިގޭޝަން ޒޯނަށްވުރެ ފަސް ޕޮއިންޓް އިތުރު އަދަދެކެވެ. ލެސްޓާ އަށް 30 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.
2015 ވަނަ އަހަރުގެ ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމަށް މި އަދަބު ދިނީ 24/2023 ވަނަ ސީޒަނުގައި މާލީ ފައިދާއެއް ނުލިބުމާއި އާމްދަނީ އެއްފެންވަރެއްގައި ނުހިފެހެއްޓި ގަވާއިދާ ހިލާފަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވާތީ އެވެ. އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި ވިދިވިދިގެން ތިން ސީޒަނެއްގައި ލެސްޓާ އަށް ވަނީ 200 މިލިއަން ޕައުންޑް ގެއްލުންވެފަ އެވެ.
މި ގޮތުން ލެސްޓާ ސިޓީ ވަނީ ޕްރެމިއާ ލީގަށް ހުށަހަޅަންޖެހޭ މާލީ ރިޕޯޓްތައް ވެސް މުއްދަތަށް ހުށަނާޅަ އެވެ.