ޚަބަރު

ހައިވޭގައި އެކްސިޑެންޓެއް ހިނގާ 4 މީހަކަށް އަނިޔާވެއްޖެ


  • 6 އުޅަނދެއް އެކްސިޑެންޓްގައި ހިމެނޭ

  • 4 މީހުންނަށް ވަނީ އަނިޔާވެފައި

  • 2 މީހަކު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފަ

ހައިވޭގައި އެކްސިޑެންޓެއް ހިނގާ 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގީ ރޭ 12:45 ހާއިރުކަމަށެވެ. އެކްސިޑެންޓް ހިނގީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފަހަރުން އައި ކާރެއް ޖެހިގެންނެވެ. އެވަގުތު ކާރު ކޮންޓްރޯލުން ނެއްޓި ސައިކަލު ލޭނަށް އަރާ، ދަތުރުކުރަމުންދިޔަ އިތުރު 4 ސައިކަލުގަައިވެސް ވަނީ ޖެހިފައެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 4 ދިވެހިންނަށެވެ. އޭގެތެރެއިން 2 މީހަކަށް ހޮސްޕުޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލަފާކަމަށް ފުލުހުން ވިދާޅުވިއެވެ. އަނެއް ދެ މީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ އުޅަނދުތަކަށް އެކި ވަރުގެ ހެއްލުންތައް ވަނީ ވެފައިވއެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީގުކުރަމުންނެވެ.