މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރަމްގެ ދެވަނަ ބެޗު ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.
ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ.
މި ކޯސް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ، ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.
މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަނާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލްއާއި ޕްލާކް ދިނުން ހިމެނެއެވެ. އެގޮތުން މި ޕްރޮގްރާމްގެ “ބެސްޓް އޯލް ރައުންޑް”އަށް ޕްރިޒަން ޕްރައިވެޓް އިބްރާހިމް އައިހަމް ޢަބްދުﷲ ހޮވިފައިވާއިރު، ޕްރޮގްރާމްގެ “ފިޓަސްޓް ފިރިހެން” އޮފިސަރަށް ހޮވިފައިވަނީ، ޕްރިޒަން ޕްރައިވެޓް ނިޝާމު ޢަބްދުލްބާރީއެވެ. ޗާލީ ޕްލެޓޫނުން އެންމެ ފާހަގަކޮށްލެވޭ އޮފިސަރަކަށް ޕްރިޒަން ޕްރައިވެޓް ޝާމް މުޙައްމަދު ހޮވިފައިވާއިރު، އައިވަރީ ޕްލެޓޫނުން ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ޙަސަން ފަރީޙް މުޙައްމަދެވެ. އަދި “އެންމެ މޮޅު ޕްލެޓޫން”އަށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންއެވެ.
މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަނާއި ވަނަތައް ހާސިލުކުރި ފަރާތްތަކަށް މެޑަލްއާއި ޕްލާކް ދީފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ، ޖަލު އޮފިސަރުންނަކީ ދިވެހި ރާއްޖޭގެ ޤާނޫނު ތަންފީޒު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށާއި، ދަސްވެނިވި ހުރިހާ އޮފިސަރުންނަށްވެސް ލިބުނު ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަދި ކުރި ހުވަޔާ ޚިލާފު ނުވުމަށް އެދިވަޑައިގެންފައެވެ. އަދި ތަކުރާރުކޮށް ޕްރިޒަންސް އޮފިސަރުންގެ ޔުނިފޯމްގެ އަގު ހިފެހެއްޓުމަށް ތަކުރާރުކޮށް އެދިވަޑައިގަތެވެ. އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ލޯބި އަށަގެންނެވުމަށް މަސައްކަތް ކުރުމަށާއި، އެ ކަމުގައި ސާބިތުވެ ދެމިތިބުމަށް ކޮމިޝަނަރ ނަސޭހަތްތެރިވެލެއްވިއެވެ.
މި ކޯހުގެ 19 ބައިވެރިން ކޯސް ފުރިހަމަ ކޮށްފައިވެއެވެ.