ޚަބަރު

ހުޅުމާލޭގައި ޕިކަޕެއް ދަށުވެ 60 އަހަރުގެ މީހަކު ނިޔާވެއްޖެ


  • ނިޔާވެފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް

ހުޅުމާލޭގައި ޕިކަޕެއް ދަށުވެގެން 60 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމުގައި އުޅުނު މީހާގެ ގައިމައްޗަށް ޕިކަޕް ވެއްޓިފައިވާ ކަމުގެ މައުލޫމާތު އިއްޔެ 11:05 ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ އެ މީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ފުލުހުން މައުލޫމާތު ދީފައިވާ ކަަމަށެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.