ރާއްޖޭގައި ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސިއަކު އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން މިމަހުގެ 12ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައުމަށްފަހު އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ޗައިއޮން، ބަންގްލަދޭޝް (34އ) އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމަށްފަހު، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވަރއާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުންވަނީ އަންގާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.