ކުޅިވަރު

ފީނާ އެޑްވާންސް ކޯޗަސް ކްލިނިކްގައި ބައިވެރިވުމުގެ ފުރުސަތު


ފީނާ އެޑްވާންސް ސްވިމިންގ ކޯޗަސް ކްލިނިކްގައި ބައިވެރިވުމުގެ ފުރުސަތު ސްވިމިންގެ އެސޯސިއޭޝަންއިން ހުޅުވާލައިފިއެވެ. 

މޯލްޑިވްސް ސްވިމިންގް އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި މިކްލިނިކްއަކީ ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމުޢިއްޔާއާ ފީނާއާ މޯލްޑިވްސް ސްވިމިންގް އެސޯސިއޭޝަންއާ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކްލިނިކެވެ. މިކްލިނިކް ކުރިއަށްދާނީ މިއަންނަ މަހުގެ 2-11 އަށެވެ. މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފީނާ އެޑްވާންސް ސްވިމިންގ ކޯޗަސް ކްލިނިކްގައި ބައިވެރިވެވޭނީ 25 ފަރާތަކަށެވެ. ހުޅުވާލެވިފައިވާ މިފުރުސަތުގައި 25 ފަރާތަކަށް ވުރެއް ގިނައިން ބައިވެރިވާން އެދިފިނަމަ، ކްލިނިކްގައި ބައިވެރިވެވޭ ފަރާތްތަކަށް ކަނޑައަޅާނީ މޯލްޑިވްސް ސްވިމިން އެސޯސިއޭޝަންއިންކަމަށް އެފަރާތުން މަޢުލުމާތުދީފައިވެއެވެ.

 ފީނާ އެޑްވާންސް ސްވިމިންގ ކޯޗަސް ކްލިނިކްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 29ވަނަ ދުވަހެވެ.