ކުޅިވަރު

އެމްވީ ސްޕޯޓްސް ކެމްޕެއިންއަށް ފެންކުންފުނިންވެސް އެހީވަނީ


އެމްވީ ސްޕޯޓްސް ކެމްޕެއިންގައި ރާއްޖޭގެ ފެންކުންފުނިން ބައިވެރިވެއްޖެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން މިހާރު ކުރިއަށް ގެންދާ އެމްވީ ސްޕޯޓްސް ކެމްޕެއިންފެ ދަށުން ދިވެހި ރާއްޖޭގެ ފެންކުންފުނިންވަނީ މިކެމްޕެއިންގެ ދަށުން ރާއްޖެއިން ބޭރަށް ތަމްރީން ކުރުމަށްދާ އެއް ކުއްޖަކު ސްޕޮންސާރކޮށްފައެވެ. އެގޮތުން މިހާރު އެމްއޯސީ އަމާޒް ހިފާފައިވަނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުގައި 23 އެތްލީޓަރު ރާއްޖެއިން ބޭރުގެ އެކިގައުމްތަކަށް ތަމްރީންއަށް ފޮނުވުމަށެވެ. 

އެމްވީ ސްޕޯޓްސް ބެޓަން ފެންކުންފުންޏާ ހަވާލްކޮށްދެއްކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް އަދި ފެންކުންފުނީގެ ފަރާތުން އެމްވީ ސްޕޯޓްސް ބެޓަންގައި ހިއްޕެވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުއެވެ. މިރަސްމިޔާތަށްފަހު ފެންކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ މިއީ ކުންފުނީގެ ސީއެސްއާރްގެ ދަށުން ކުރަމުންގެންދާ މަަސައްކަތެއްކަމަށާ، ގައުމަށް ރީތިނަން ހޯދައިދޭ، ނުވަތަ ގައުމްއަށް ރީތިނަން ހޯދައިދިދޭ އެތްލީޓުންނަށް އެހީވުމަކީ ކުންފުންޏަށްވެސް ލިބިގެންދާ ވަރަށް ރީތިނަމެއްކަމަށެވެ.

img:http://s1.psmnews.mv/images/660x400/14744579038153.jpg|އެމްވީ ސްޕޯޓްސް ބެޓަން ހަވާލްކުރުން : އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް އަދި ފެންކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު.

" ސްޕޯޓްސް ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް ވަރަށް ފުރިހަމަ ފުރުސަތުތަކެއް، އެމްޑަޕްލިއުއެސްސީގެ ސީއެސްއާރްގެ ދަށުން ފަހިކޮށް ދިނުމަށްޓަކާ، އަދި ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން ކުންފުންޏަށް ދެއްވި ލަފާ ފުޅުގެ މަތީން އަޅުގަނޑުމެންގެ މެނޭޖްމަންޓްއިން ނިންމާ ޒުވާނުންނަށް ފަހިކޮށްދޭ ފުރުސަތު ތަކެއް. މިފުރުސަތަކީ ހަގީގަތުގަ ކުރިމަގުގަ އޮލިމްޕިކް ނުވަތަ ސްޕޯޓްސް ދާއިރާގައި އުޅޭ ޒުވާނުންނަށާ އަދި އޭގެ އިތުރުން އެކިއެކު ކުޅިވަރު ކުޅޭ، ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ކުދިންނަށް ޓްރެއިނިންގް ފުރުސަތުތަށް މަގުފަހި ކުރުމަށްޓަކައި ކުރިއަށް ގެންދެވޭ މަސައްކަތް ތަކެއް" އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.

 މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން މިކަމަށް ދެއްވާ ސަމާލްކަމަށް ޝުކުރުއަދާކުރާކަމަށެވެ. ހާއްސަކޮށް ފެންކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުއަކީ ކުޅިވަރު ކުޅުއްވާ، އަދި ކުޅިވަރާ ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮންނަ ބޭފުޅެއްކަމަށެވެ. އަދި މިފުރުސަތުގައި ކުންފުނީގެ އިސްވެރިންނަށާ ކުންފުނީގެ މުއައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރާކަމަށްވެސް މަރުޒޫގު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14744582034861.jpg|އެމްވީ ސްޕޯޓްސް ބެޓަން ހަވާލްކުރުން : އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް އަދި ފެންކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު.

"މި އެއްބަސް ވެވުނީ އަޅުގަނޑު މެންގެ މިޓްރެއިނިންގް ސްކޮލަޝިޕްއަށް އެމްޑަޕްލިއުއެސްސީ މިއެހީތެރިވެދެނީ އެކުންފުނީގެ ސީއެސްއާރްގެ ދަށުން އެއް އެތްލީޓް ސްޕޮންސާރކޮށް ދިނުމަށް. އަޅުގަނޑު އެހެން ޕްރެސް ކޮންފަރެސްގައި ދެންވިފަދައިން، އަޅުގަނޑުމެންގެ ޓާގެޓަކީ 2020ގެ އޮލިމްޕިކްސްއަށް ދިވެހިރާއްޖެއިން ދެތިން ކުއްޖަކު ކޮލިފައިކޮށްދިނުން އަދި އޭގެ އިތުރަށް ދިގުމުއްދަތުގެ ތަމްރީންތަކަކީ އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބު ތަމްރީންތަކެއް ގޮތުގައި މިހާތަނަށް ފެނިގެންގޮސްފައިވަނީ، އަދި އޭގެ ނަތީޖާވެސް މިހާތަނަށް ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވަނީ. އެހެންކަމުން ދިވެހި ސަރުކާރާ، ސަރުކާރުގެ ކުންފުނިތަކުންނާ ބައެއް އަމިއްލަ ކުންފުނިތަކުން މިތަމްރީންތަކަށް އެހީވަމުންދާތީ އެކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން" މަރުޒޫޤު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14744579193196.jpg|އެމްވީ ސްޕޯޓްސް ބެޓަން ހަވާލްކުރުން : އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް އަދި ފެންކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު.

އެމްވީ ސްޕޯޓްސް ކެމްޕެއިންގެ ދަށުން ފެންކުންފުނީގެ ފަރާތުން ކޮންމެ މަހަކު 1000 ޑޮލަރު ޖުމްލަ އަހަރަކަށް 12000 ޑޮލަރު އެމްއޯސީއަށް ދިނުމަށްވަނީ ހަމަޖެހިފަކަމަށްވެސް ފެންކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވިއެވެ. އެމްވީ ސްޕޯޓްސް ކެމްޕެއިނަކީ ރާއްޖޭގެ އެތްލީޓުން ތަމްރީނު ކުރުމަށް ފަންޑް ހޯދުމުގެ ގޮތުން މިހާރު ކުރިޔަށް ގެންދަވާ ޙަރަކާތެކެވެ.