ކުޅިވަރު

ރެޑް ބުލް ކެޗް ދަ ފެރީގެ ޗެމްޕިއަންކަން ފަޒީލް ހޯދައިފި


ރެޑްބުލް ކެޗް ދަ ފެރީގެ ޗެމްޕިއަންކަން އެމްއެންޑީއެފްގެ ހުސެއިން ފަޒީލް ހޯދައިފިއެވެ.  މި ރޭހުގެ ދެވަަނަ ހޯދާފައިވަނީ މިދިޔަ އަހަރުގެ ޗެންޕިއަން ޝިފާޒް މުހައްމަދުއެވެ. އަދި ރެޑް ބުލްކެޗް ދަ ފެރީގެ ތިންވަނަ ހޯދާފައިވަނީ ޒާއިދު ޝަރީފްއެވެ.

 ހުޅުމާލޭސެންޓްރަލް ޕާކްއިން ފެށި ރެޑްބުލް ކެޗް ދަ ފެރީ މިރޭހުގައި މިފަހަރު 150 އެތްލީޓުން ބައިވެރިވެފައިވެއެވެ. ރެޑްބުލް ކެޗް ދަ ފެރީ ކުރިއަށް ގޮސްފައިވަނީ ހުޅުމާލޭސެންޓްރަލް ޕާކުން ރޭސް ފަށައިގެން، ހުޅުމާލެ ވަށާ އެއް ބުރު ޖެހުމަށްފަހު، ފެރީގައިމާލެ އައިސް، މާލެ ވަށައި އެއް ބުރު ޖެހުމަށްފަހު، ފެރީގައި ވިލިނގިއްޔަށް ގޮސް، ވިލިގިލިވަށާ އެއް ބުރު ޖެހުމަށްފަހު، ވިލިގިލިން ފެރީގައި ހުޅުމާލެއަށް އައިސް ރޭސްނިންމާގޮތަށެވެ. ރެޑްބުލް ކެޗް ދަ ފެރީގެ އެއްވަނަ ހޯދި އެމްއެންޑީއެފްގެ ހުސެއިން ފަޒީލް ޕީއެސްއެމްއާ ވާހަކަދައްކަމުން ބުނީ މިއީ ފިޒިކަލް ފިޓްނަސް ހުރި މިންވަރުބަލާލުމަށް ވަރަށް ރަނގަޅު ރޭހެއްކަމަށެވެ. ހާއްސަކޮށް ދުވަން ޖެހޭ ގޮތާދަތުރުފަތުރު ހުރި ގޮތުން މިއީ ވަރަށް ބޮނޑު ޖެލެންޖްއެއްކަމަށް ފަޒީލްފާހަގަކޮށްފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14746453409739.jpg|ރެޑް ބުލް ކެޗް ދަ ފެރީ ޗެންޕިއަން (ފޮޓޯ: ރެޑްބުލް-އަހުސަން)

"ރޭސް ފަށައިގެން ދިޔައީ ވަރަށް ރަނގަޅަށް، ނަމަވެސް ރޭހުގެ ފަހުކޮޅަށްއައިއިރު ކޮންމެވެސް ވަރަކަށް އުދަގޫތަކާ ކުރިމަތިވި. މިދިޔަ މަހުގެ ބޮޑުބައިގައި އަނީޔާގައި ހުރުމުގެ ސަބަބުން، އަދި ފަރިތަކުރުންތަށް ކުރިއަށްގެންދާ މާގިނަ ދުވަސްތަކެއްނުވާތީ، ކޮންމެވެސް ވަރަކަށް އުދަގޫތަކާ ކުރިމަތިވި. ނަމަވެސް ރޭސް ކާމިޔާބުކުރެވުނީ އެންމެ ފަހު ވަގުތާހަމައަށްވެސް އުއްމީދު ކަނޑާ ނުލާ ހިއްވަރު ކުރުމުން" ފަޒީލް ބުންޏެވެ.

މިރޭހުގައި އެންމެ ހައިރާން ކުރުވާފައިވަނީ ޏ.އަތޮޅު ފުވައްމުލަކު ސީޓީގެފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާ ދަރުވަރެއް ކަމަށްވާ ރަވާހު މުހައްމަދު ރޭހުގެ އެންމެ މޮޅު ދިހަ އެތްލީޓުންގެ ތެރޭގައި ހިމެނިގެން ރޭސްނިންމާފައިވާކަމެވެ. އުމުރުން 16 އަހަރުގެ ރަވާހު މުހައްމަދު ޕީއެސްއެމްއާވާހަކަދައްކަމުންބުނީ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް ނިންމާލުމަށްފަހު، މާލޭގައި މަޑުކުރީވެސް ރެޑް ބުލް ކެޗް ދަ ފެރީގައި ބައިވެރިވުމަށްކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14746451926092.jpg|ރެޑް ބުލް ކެޗް ދަ ފެރީ (ފޮޓޯ: ރެޑްބުލް-އަހުސަން)

"މިރޭހުގެ މަޢުލުމާތު ލިބިފައިވަނީ ރައްޓެހިންގެ ފަރާތުން، ތަފާތުރޭހަކަށްވުމުން އިންޓަރ ސްކޫލް އެތްލެޓިސް މުބާރާތް ނިންމާލުމަށް ފަހު މަޑުކުރީ މިރޭސްވެސް ނިންމާލާފައި ސިޓީއަށް ދާން. އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން ގަދަ ދިހައެއްގައި ނިންމާލެވިދާނެކަމަށް. އެއީ މާލެއިން ވިލިނގިއްޔަށް ދަނިކޮށް ހޮޑުލެވުމާ ގުޅިގެން. ހޮޑުލެވުމާއެކު ވަރަށް ވަރުބަލިވި، ނަމަވެސް ހިއްވަރުކުރީ ރޭސްނިންމަން. މިއަންނަ އަހަރުގެ ފެބްރުއަރީގައި އޮންނަ ރޭހުގައިވެސް ބައިވެރިވާންބޭނުން" ސޯޅަ އަހަރުގެ ރަވާހު މުހައްމަދު ބުންޏެވެ.

img:http://s2.psmnews.mv/images/660x400/14746474905877.jpg|ރެޑް ބުލް ކެޗް ދަ ފެރީ (ފޮޓޯ: ރެޑްބުލް-އަހުސަން)

މިފަހަރުގެ މިރޭހުގައި އަންހެން އެއްވެސް އެތްލީޓަކަށް ނޭސްނިންމިފައެއްނުވެއެވެ. މިފަހަރުގެ ރެޑް ބުލް ކެޗް ދަ ފެރީގައި މިފަހަރު ތިން އަންހެން އެތްލީޓުން ބައިވެރިވެފައިވާއިރު، އެންމެ ފަހުން ވިލިނގިލިން ހުޅުމާލެއަށްފުރުމަށް ހަމަޖެހިފައިވާ ފެރީއަށް އެރޭވަރުވަނީ ނުވެފައެވެ. 

img:http://s1.psmnews.mv/images/660x400/14746476072473.jpg|ރެޑް ބުލް ކެޗް ދަ ފެރީ (ފޮޓޯ: ރެޑްބުލް-އަހުސަން)

ރެޑް ބުލް ކެޗް ދެ ފެރީގެ އެއްވަނަ ހޯދި ހުސެއިން ފަޒީލްއަށްވަނީ 10،000ރުފިޔާގެ އިތުރުން އަންނަ އަހަރު ދުބާއީގައި ބާއްވުމަށް ހަމަޖެހިފައިވާ ވިންގްސް ފޮ ލައިފްވޯލްޑް ރަންގައި ބައިވެރިވުމުގެ ފުރުސަތު ރެޑްބުލްއިން ދީފައެވެ. 2 ވަނައަށްދިޔަޝިފާޒް މުހައްމަދުއަށް 5000ރުފިޔާ އަދި 3ވަނައަށް ދިޔަ ޒާއިދު ޝަރީފްއަށް 2500ރުފިޔާ ރެޑްބުލްއިންވަނީ ދީފައެވެ.