ޚަބަރު

އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަޤާމުން ޝާހިދު ވަކިކޮށްފި


  • އޭނާ މަޤާމުން ވަކިކޮށްފައިވަނީ ބޯޑުން ފާސްކޮށްގެން

  • ޝާހިދު ވަނީ ރީޖަނަލް އެއަރޕޯޓްސްގެ ޑީއެމްޑީކަންވެސް މީގެކުރިން ކޮށްފައި

އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިބްރާހީމް ޝާހިދު ވަކިކޮށްފިއެވެ.

ޝާހިދު މި މަޤާމުން ވަކިކޮށްފައިވަނީ އެމްޑަބްލިޔުއެސްސީގެ ބޯޑުން ބޭއްވި ބައްދަލުވުމުގައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އައްޔަނުކޮށް، ވަކިކުރަނީ އެ ކުންފުންޏެއްގެ ބޯޑުން ފާސްކޮށްގެންނެވެ.

އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އިބްރާހީމް ޝާހިދު އައްޔަނުކޮށްފައިވަނީ 3 އޮގަސްޓް 2025 ގައެވެ. އޭނާ ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައެވެ.

ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ ބޯޑު އެކުލެވިގެންވަނީ 6 ބޭފުޅުންގެ މައްޗަށެވެ. އަދި ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގައި ޝާހިދު ހިމެނޭހެން 11 ބޭފުޅުން ތިއްބަވައެވެ.