ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ ބަންދުގައި ކަސްޓޯޑިއަލްގައި ހުރި 45 އަހަރުގެ ދިވެހި ފިރިހެނަކު މަރުވުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އިއްޔެ މެންދުރު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަރުވެފައިވަނީ، ކޯޓަށް ހާޒިރު ކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ، ތަހުޤީޤު ކުރަމުންނެވެ.