ޚަބަރު

ދެވަނަ ފިޔަވަހިން ކަރަންޓު ދިޔަ ސަރަހައްދުތަކަށް ކަރަންޓު ދީފި


  • ގިނަ ޢަދަދެއްގެ ޓަވަރުތަކުން ކަރަންޓު ކެނޑުނު

  • ކަރަންޓު ކެނޑުނީ ކޭބަލަކަށް މައްސަލަ ދިމާވެގެން

  • ކަނަރަންޓު ކެނޑުނީ މެންދުރު

ހުޅުމާލެ ފޭސް 2 އިން ކަރަންޓު ދިޔަ ހުރިހާ ސަރަޙައްދުތަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ދީފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައެއްގައި ހުޅުމާލެ ފޭސް 2ގެ ގިނަ ޢަދަދެއްގެ ޓާވަރުތައް ހިމެނޭހެން ބޮޑު ސަރަޙައްދަކުން ކަރަންޓު ކެނޑިފައިވެއެވެ. ކަރަންޓު ކެނޑުނީ، މިއަދު މެންދުރެވެ.

ޚިދުމަތް މެދުކެނޑިފައިވާ ސަރަޙައްދުތަކަކީ:

ހިޔާ ޓަވަރު 5، 6، އަދި 7
ވިނަރެސްގެ 10 ޓަވަރު
އަމާން ދޯދި 12، 13، 14، 15، އަދި 16
އަމާން އުދަރެސް 5 އަދި 6
އެމްޕީއެލް ޓަވަރުތައް

ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ. ކޭބަލްތައް މަރާމާތުކޮށް، ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދުތަކަށް މިހާރު ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައަކީ، ޗައިނާގެ ކުންފުންޏަކާ ޙަވާލު ކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަޅާފައިވާ ވިއުގައެކެވެ. ސްޓެލްކޯގެ އިންޖީނުގެ މެދުވެރިކޮށް ފޭސް2އަށް ކަރަންޓުގެ ޚިދުމަތް ދިން ނަމަވެސް، އެ ވިއުގަ ބަލަހައްޓަނީ ސްޓެލްކޯއިން ނޫންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ނަމަވެސް ވިއުގައަށް ވިއުގަ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.