ރ. ދުވާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމުކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، ދުވާފާރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމުކޮށްލާފައިވާ މައްސަލައެއް މިރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެމީހާއަށް މިހާރު އެރަށު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށެވެ. މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ، މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.