ޚަބަރު

ގަމްބާ އޮސާކާއިން އޭފްސީ ޗެމްޕިއަންސް ލީގު 2 ކާމިޔާބުކޮށްފި


އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ޗެމްޕިއަންކަން ޖަޕާނުގެ ގަމްބާ އޮސާކާއިން ހޯދައިފި އެވެ.

ގަމްބާ އޮސާކާ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސައުދި އަރަބިއްޔާގެ އަލް ނަސްރު އާއި ދެކޮޅަށް ރޭ ސައުދި އަރަބިއްޔާގެ ރިޔާދުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި ނަތީޖާ އާއިއެކު ސައުދި އަރަބިއްޔާގެ އަލް ނަސްރަށް މީގެ ތިން އަހަރު ކުރިން ބަދަލުވި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރަތަމަ ފަހަރަށް ރަސްމީ މުބާރާތެއްގެ ތަށި ހޯދުމަށް ލިބުނު ފުރުސަތު މިވަނީ އިތުރަށް ދިގުލައިގެން ގޮސްފަ އެވެ.

ނަމަވެސް ސައުދީ ޕްރޯ ލީގުގައި އަންނަ ބުރާސްފަތި ދުވަހު ދަމަކް އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ފުރަތަމަ ފަހަރަށް ރޮނާލްޑޯ އަށް އަލް ނަސްރު އާއިއެކު ތައްޓެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 29 ވަނަ މިނިޓުގައި ގަމްބާ އޮސާކާގެ ޑެންޒެލް ހިއުމެޓް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މިއީ 2008 ވަނަ އަހަރަށްފަހު ސަރަހައްދީ މުބާރާތެއްގެ ތަށި ގަމްބާ އޮސާކާ އިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.