ޚަބަރު

ލަންކާ ހައި ކޮމިޝަނުން ބްލަޑް ކޭމްޕެއް ބާއްވަނީ


  • މި ހަރަކާތް އޮންނާނީ 2026 ޖޫން 5 ވާ ހުކުރު ދުވަހު

ސްރީލަންކާގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ލޭ ހަދިޔާކުރުމުގެ ޚާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މި ކޭމްޕަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް އޮތް ގާތްކަމާއި އެކުވެރިކަން ހާމަކުރުމުގެ މަޤުސަދުގައި ކުރިޔަށް ގެންދާ ހަރަކާތެއްކަމަށް ލަންކާގެ ހައި ކޮމިޝަނުން ވިދާޅުވިއެވެ.

މިހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސްއާއި ސްޓެލްކޯއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖހެިފައިވަނީ އަންނަ މަހުގެ 5 ވާ ހުކުރު ދުވަހުގައެވެ.

ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ސްރީ ލަންކާގެ ހައިކޮމިޝަނުން ވިދާޅުވީ މި ލޭ ހަދިޔާކުރުމުގެ ކޭމްޕް ކުރިއަށްގެންދާނީ ސްޓެލްކޯ ހެޑް އޮފީހުގެ5 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. އަދި ލޭ ހަދިޔާކުރުމުގެ ކަން ކަން ކުރިއަށްދާނީ ޖޫން 5ވަނަ ދުވަހުގެ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށްކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ލަންކާގެ ހައިކޮމިޝަނުން ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ވީހާވެސް ގިނަ ސްރީލަންކާ ރައްޔިތުން މި ކޭމްޕުގައި ބައިވެރިވުމަށް އެދިލައްވާފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަދި އިންސާނިއްޔަތަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ހައި ކޮމިޝަނުން ފާހަގަކުރެއެވެ.

މި ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްޓަކައި ޕޯސްޓުގައިވާ ކިއުއާރު ކޯޑު ނުވަތަ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެކަމަށް ލަންކާ ހައި ކޮމިޝަނުން މައުލޫމާތުދެއްވައެވެ.

ރާއްޖެއާއި ލަންކާގެ ޚާރިޖީ ގުޅުމަށް 60 އަހަރުވެފައިވާއިރު ލަންކާއަކީ ރާއްޖެއާ އެތައް ގޮތަކުން ގުޅިފައިވާ ޤައުމެކެވެ.