ކުޅިވަރު

ނެދަލޭންޑްސް ޓީމު ނެގީ އާސެނަލްގެ ކުޅުން ބަލައިގެން!


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅެން އެކުލަވާލި ނެދަލޭންޑްސް ޓީމު ނެގުމުގައި އިނގިރޭސިވިލާތުގެ އާސެނަލްއިން މި ސީޒަނުގައި ކުރި ކަންކަމަށް ވަރަށް ބޮޑަށް ބަލާފައިވާ ކަމަށް ކޯޗު ރޮނަލްޑް ކޫމަން ބުނެފި އެވެ.

އޭނާ ބުނީ މި ސީޒަނުގެ ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން އާސެނަލް އަށް ލިބުނީ ކޯނަރުތަކުން ޖެހި ލަނޑުތަކުން ކަމަށެވެ.

"ކޯނަރާއި އެއްލުންތަކަށް އެ މީހުން ވަރަށް ތައްޔާރުވި. އަހަރެން އުއްމީދު ކުރަނީ އިނގިރޭސި ގައުމީ ޓީމަށް އޭނާގެ ފައިދާ ކުރާނެ ކަމަށް. އެމީހުން ޓީމު ނެގީ އެކަންކަމަށް ބަލައިގެން. އަހަރުމެން ވެސް ތައްޔާރުވުމުގައި އެކަންކަން ބެލިން. (އާސެނަލްގެ ޑިފެންޑަރު) ޖޫރިއަން ޓީމްބާ ޓީމަށް ނެގީ މިހެންވެ،" ކޫމަން ބުންޏެވެ.

ލިވަޕޫލްގެ ޖެރެމީ ފްރިންޕޮންގް ބާކީކޮށް، ޓީމްބާ ނެގުމުމުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ޖަވާބު ދެމުން ކޫމަން ބުނީ ހޫނޫ ގަދަ ވަގުތުތަކުގައި ކުޅޭއިރު އާސެނަލްގެ ފޯމިއުލާ ވަރަށް މުހިންމު ކަމަށެވެ.

އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވުނު ނަމަވެސް ކޫމަން ބުނީ އޭނާގެ ޓީމަކީ ވޯލްޑް ކަޕަށް ވާދަކުރެވޭނެ ޓީމެއް ކަމަށެވެ.

މި ޓީމުގެ ސީނިއާ ކުޅުންތެރިންނަކީ ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޓިއާނީ ރެއިންޑާސް އާއި އަޔެލްސްގެ ވައުޓް ވެގޮސްޓް އާއި ކޮރިންތިއަންސްގެ މެމްފިސް ޑެޕާއީ އެވެ.

ވޯލްޑް ކަޕުގައި ނެދަލޭންޑްސް ހިމެނެނީ ޖަޕާނާއި ސްވިޑްން އާއި ޓިއުނީޝިއާއާއެކު ގްރޫޕް އެފްގަ އެވެ.